
ތޫނު އެއްޗަކުން ބިދޭސީއެއްގެ ކަރަށް ހަމަލާ ދިން މީހާގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
މާލެ، ކަރަންކާ މަގުގައި ހުރި އުމުރުން 38 އަހަރުގެ ބަނގުލަދޭޝްގެ ފިރިހެނަކަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި އިއްޔެ ހައްޔަރުކުރީ ވެސް ބަނގުލަދޭޝްގެ ފިރިހެނެކެވެ.
ކޯޓު އަމުރެއްގެ ދަށުން އެ މައްސަލައިގައި ހައްޔަރުކުރީ އަންތަރު މުއްލާ (28އ)އެވެ.
ފުލުހުން މިއަދު ބުނީ އަންތަރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ހަތް ދުވަސް ޖަހައިދީފައިވާ ކަމަށެވެ.
“ދެން” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަމަލާގައި އަނިޔާވި މީހާއަށް ފަރުވާދެމުންދަނީ އައިސީޔޫގައެވެ.
ބީދޭސީ މީހާ ހަމަލާ ދިން ސަބަބެއް އަދި ސާފެއް ނުވެއެވެ.
ދޭތެރެ ދޭތެރެއިން ބިދޭސީން ބިދޭސީންނަށް ހަމަލާ ދިނުމުގެ ކަންކަން ފެންމަތިވެއެވެ.


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































