
ފުވައްމުލައް ސިޓީއަށް ދަތުރުކުރަމުންދިޔަ “ރާސްތާ” ނަމަކަށް ކިޔާ މުދާ އުފުލާ ސަޕްލައި ދޯންޏެއް ދިޔަވާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، އެ ރަށާ ގާތްގަނޑަކަށް 12 ނޯޓިކަލް މޭލު ބޭރުން ދިޔަވަމުންދާ ކަމުގެ މަޢުލޫމާތު ލިބިގެން ފުލުހުން ދަނީ ހަރަކާތްތެރި ވަމުންދާ ކަމަށެވެ. މި ހާދިސާގެ މައުލޫމާތު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)އިން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރުފަހު 15:08 ހާއިރު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ހަތަރު ދިވެހިންނާއި ބިދޭސީއަކާ އެކު ޖުމްލަ ފަސް މީހުން އެ ދޯނިން ދަތުރުކުރަމުންދިޔަ މި އުޅަނދަށާއި، އުޅަނދުގައި ތިބި މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































