
ދައުލަތުގެ މުއައްސަސާތަކުގެ ނަންބޯޑުތަކުގައި ދިވެހި ބަހަށް އިސްކަންދޭން ބަހުގެ ދިވެހި ބަހުގެ އެކެޑަމީއިން ގޮވާލައިފިއެވެ.
ދިވެހި ބަހުގެ އެކެޑަމީއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގެ ގައުމީ ބަހަކީ ދިވެހި ބަސް ކަމަށް ރާއްޖޭގެ ޖުްމހޫރިއްޔާގެ ގާނޫނީ އަސާސީގައި އޮތީ ބަޔާންކޮށްފައި ކަމަށެވެ. އަދި ވެހި ދައުލަތުގެ ރަސްމީ އެންމެހައި މުޢާމަލާތުތައް ކުރަންޖެހޭނީ ދިވެހިބަހުން ކަމަށް ގާނޫނޫގައި ވެސް ބަޔާންކޮށްފައި އޮންނަކަން އެ އެެކެޑަމީއިން ފާހަގަކުރިއެވެ.
އަދި ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި، އޮފީސްތަކާއި، އިދާރާތަކާއި، ތަންތަނަށް ނަންކިޔުމުގައާއި، ނަންބޯޑު ތައްޔާރުކުރުމުގައި ދިވެހިބަހަށް އިސްކަންދީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި އާންމުންނަށް ފެންނަގޮތަށް ހަރުކުރެވިފައި ހުންނަ ކޮންމެ ނަން ބޯޑެއްގައި ވެސް އެ ތަނެއްގެ ނަން، ކިޔަން އެނގޭނޭހެން ތާނަ އަކުރުން ލިޔެފައި އޮންނަންވާނެކަމަށް ގާނޫނުގައި ބުނެފައި އޮތުމުން އެއާ އެއްގޮތަށް އަމަލުކުރުމަކީ ލާޒިމްކަމެއް ކަމަށް ވެސް އެެކެޑަމީއިން ބުންޏެވެ.
އެހެންވެ ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނާ އެއްގޮތަށް އެންމެހައި ފަރާތްތަކުން އަމަލުކުރައްވަމުން ގެންދިއުމަށް ވެސް އެކެޑަމީއިން ގޮވާލިއެވެ.


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































