ފުލުހުންގެ މެމޯރިއަލް ޑޭ ފާހަގަކުރުމުގެ ގޮތުން މިރޭ އިސްކަންދަރު ކޮށި ހިމެނޭ ސަރަހައްދުގެ ޓްރެފިކް ފުލޯއަށް ބަދަލުތަކެއް ގެނެސްފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، މި ހާއްސަ ރަސްމިއްޔާތާ ގުޅިގެން، އިސްކަންދަރު ކޮށި ހިމެނޭ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިގޮތުން ފުލުހުން އާންމުކޮށްފައިވާ ޗާޓުގައި ރަތްކުލައިން ފާހަގަކޮށްފައިވާ ސަރަހައްދު މިރޭ ފަތިހު 05:00 އިން ފެށިގެން ރަސްމިއްޔާތު ނިމެންދެން އެއްގަމު އުޅަނދުފަހަރަށް ނުވަދެވޭ ގޮތަށް ބަންދުކުރެވޭނެ ކުރެވޭނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މީގެ އިތުރުން މި ކަމުގެ ސަބަބުން އާންމު ދަތުރުފަތުރަށް ދިމާވެދާނެ ދަތިތަކަށްޓަކައި މާފަށް އެދޭކަމަށާއި ހުރިހާ ފަރާތްތަކުން ވެސް މި ބަދަލަށް ސަމާލުކަން ދެއްވައި، އެއްބާރުލުން ދެއްވުމަށް ފުލުހުންގެ ޚިދުމަތުން ވަނީ އެދިފައެވެ.

Leave a Reply