ކިލޯއަަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު މިދިޔަ މަހު މާލެއިން ހައްޔަރުކުރި ދެ މީހުންގެ ބަންދު އިތުރުކޮށްފިއެވެ.

އެ މައްސަލައިގައި މިދިޔަ މަހުގެ 23 ވަނަ ދުވަހު ހައްޔަރުކުރީ ގ. މޫންލައިޓްވިޔު / މާލެ، މުހައްމަދު އުމައިރު (58އ)އާއި ގުލްއަލާގެ / ލ. ދަނބިދޫ، މާޝާ އިބްރާހީމް (38އ) އެވެ. އަދި އެ މައްސަލައިގައި އެ ދެ މީހުންގެ ބަންދަށް 15 ދުވަސް ވެސް ޖެހިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން މާޝާ 15 ދުވަހަށް އަދި އުމައިރު 30 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެ މައްސަލައިގައި މާޝާ ޝާމިލުވާ މިންވަރު ދެނެގަތުމަށް އޭނާގެ ފޯނުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ވެސް ބަންދު އަމުރުގައި ބުނެފައި ވެއެވެ.

އެ ދެ މީހުން ދިރިއުޅުނު އެޕާޓްމަންޓްއިން ފެނުނީ 1.1 ކިލޯގެ މީތައިލްމެތުކެތިނޯންއެވެ. އޭގެ އިތުރުން 0.04 ޑައިމޯފިންއާއި އަދި 24 ގްރާމްގެ މެފްޑްރޯންއެވެ.

Leave a Reply