އއ. މާޅޮހުގެ ފަޅުތެރޭގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވައި ދެ މީހަކު ފިހިއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި މިރޭ 8:45 ހާއިރު ހިނގި ހާދިސާގައި ފިހުނީ ދެ ބިދޭސީއެކެވެ.

ދެ ބިދޭސީންނަށް އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މާލެއަށް ފޮނުވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ދޯނީގައި އެއްޗެއް ގޮވަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ. ދެ ބިދޭސީންނަށް ލިބުނު އަނިޔާތަކުގެ ތަފުސީލެއް ވެސް އަދި ނުލިބެ އެވެ.

މިފަދަ ހާދިސާއެއް މިރޭ މާޅޮހުގައި ހިނގިއިރު، މި މަހުގެ 13 ވަނަ ދުވަހު އެ ރަށުގައި މީހަކު މަރާލާފައި އޮއްވާ ފެނިފައިވެ އެވެ. އެ ރަށު އަބްދުއްރަހުމާން އާދަމް މަރާލި މައްސަލާގައި އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.

 

Leave a Reply