މި މަހުގެ ދެ ހަފްތާތެރޭގައި ވަގަށް ނަގާފައިވާ ދޮޅު މިލިއަނެއްހާ ރުފިޔާގެ ތަކެތި ފުލުހުން ހޯދައިފިއެވެ.

ފުލުހުން މިއަދު ބުނީ ވަގަށް ނަގާފައިވާ ތަކެތި ހޯދަން މާލޭގެ ތިން ޕޮލިސް ސްޓޭޝަންއަކުން ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ.

އެގޮތުން ޖުމްލަ 1،461،315ރުފިޔާގެ ތަކެތި މިހާތަނަށް އަނބުރާ ހޯދިފައވާކަމަަށް ފުލުހުން ބުންޏެވެ.

އޭގެ ތެރެއިން ގަލޮޅު ޕޮލިސް ސްޓޭޝަންއިން އެކަނިވެސް ވަގަށް ނަގާފައިވާ 710،406ރުފިޔާގެތަކެތި ހޯދިއިރު ހެންވޭރު ޕޮލިސްސްޓޭޝަންއިން ވެސް 490،286ރުފިޔާގެތެކެތި ހޯދިއެވެ.

ވަގަށް ނަގައިގެން ހޯދި ތަކެތީގެ ތަފްސީލެއް ފުލުހުން ނުދެއެވެ.

Leave a Reply