ފިހާރައެއް ފަޅާލައިގެން ވައްކަންކުރި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ށ.ޅައިމަގު/ އަތަމާގެ، ފާރިސް އަލީ ޝަރީފް(35އ)އަދި ދިގުވާނޑު، ފެއަރީ/ ފުވައްމުލަކު ސިޓީ، އަހުމަދު ނަސްރު(46އ)އެވެ.

އެ މައްސަަލައިގައި ދެ މީހުންވެސް 15ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެ ދެ މީހުންގެ މައްޗަށްކުރަނީ ހުއްދަނެތި ތަނަކަށް ވަނުމާއި، ވައްކަން ކުރުމާއި މުދަލަށް ގެއްލުންދިނުމުގެ ތުހުމަތެވެ.

ބަންދު އަމުރުގައިވާ ގޮތުން އެ ދެ މީހުން ފިހާރައިގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ސާާމާނު ވަގަށް ގެންދާތަން ސީސީޓީވީ ކެމެރާއިން ފެނެއެވެ.

ފުލުހުން ވަނީ އެ ދެ މީހުންނާ ދެކޮޅަށް ވެސް އެ މީހުން ވައްކަންކުރި ސަރަހައްދުގައި ހުރި ސީސީޓީވީ ފުޓޭޖު ކޯޓަށް ހުށަހަޅައިފައެވެ.

އެ މައްސަލައިގައި ވަކީލަކު ބޭނުންނުވާ ކަމަށް ފާރިސް ބުނިއިރު ނަސްރު ވަނީ ވަކީލަކު ބޭނުންވާކަމަށް ބުނެފައެވެ.

Leave a Reply