ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ 6 މަސްކުރިން، އެފަރާތެއްގެ ފޯނަށް އެކަން ހަނދާންކޮށްދިނުމަށް މެސެޖެއް ފޮނުވުމަށް ނިންމާފައިވާ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ސީޕީ (ރޓ) އަޙްމަދު ފަސީޙް ވިދާޅުވެއްޖެއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކޮންޓްރޯލަރ ވިދާޅުވީ، ރިމައިންޑަރ މެސްޖް ލިބެން ފަށާނީ ފެށޭ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކަމަށާއި އެ މެސެޖާއެކު ޕާސްޕޯޓު އައު ކުރުމަށް ބޭނުންވާ އެޕްލިކޭޝަން ލިންކު ވެސް އެ ފަރާތެއްގެ ފޯނަށް ލިބިގެންދާނެ ކަމަށެވެ.

ޕާސްޕޯޓުގެ މުއްދަތު އޮންނަނީ 5 އަހަރަށް. އެކަމަށްވެސް ޖަނަވަރީމަހުގައި ހައްލެއް މި ގެންނަނީ. ޖަނަވަރީއިން ފެށިގެން ކޮންމެ މީހެއް ފޯނަށް ނޮޓިފިކޭޝަނެއްދާނެ މުއްދަދަތު ހަމަވަނީ އޭ. 6 މަސްދުވަހޭ ބާކީ އޮތީ. އަވަހަށް ޕާސްޕޯޓު ހައްދަވާށޭ.

ކޮންޓްރޯލަރ އަޙްމަދު ފަސީޙް ވިދާޅުވިއެވެ.

މީގެއިތުރުން، މާލެ ސަރަހައްދުުގައި 250،000އެއްހާ މީހުން ދިރިއުޅޭ ކަމަށާއި އެ ފަރާތްތަކަށް ލުއިފަސޭހަކޮށް ޚިދުމަތް ދިނުމަށްޓަކައި އަންނަ މަހުން ފެށިގެން ޕާސްޕޯޓަށް ހުށަހަޅާތާ 24 ގަޑިއިރުތެރޭ ޕާސްޕޯޓު ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ކޮންޓްރޯލަރ ވިދާޅުވިއެވެ.

ޕާސްޕޯޓު ހެދުމާއި، ޕާސްޕޯޓު ލިބުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވުމަށް މޯލްޑިވްސް އިމިގްރޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Leave a Reply