ހދ. ކުޅުދުއްފުށި ސިޓީގައި ރުކަކުން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު ޒުވާނާ ނިޔާވެއްޖެއެވެ.

މި މަހުގެ 14ވަނަ ދުވަހު ވެއްޓި ފަރުވާދެމުން ދަނިކޮށް ނިޔާވެފައި ވަނީ ހދ. ނޭކުރެންދޫއަށް ނިސްބަތްވާ އުމުރުން 36 އަހަރުގެ ހުސައިން ޝިފާޒެވެ.

މި ހާދިސާގައި ޝިފާޒްގެ އެތެރެ ހައްޓަށް ބޮޑެތި އަނިޔާތަކެއް ލިބުމާ ގުޅިގެން އޭނާ ދުނިޔެ ދޫކޮށްފައި ވަނީ، ހާލަތު ސީރިއަސްވެގެން އިތުރު ފަރުވާއަށް މާލެ ގެނެސް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށެވެ.

ޝިފާޒްގެ މައްޗަށް ކަށުނަމާދު ކުރުމާއި ޖަނާޒާގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަސުރު ނަމާދަށްފަހު މާލޭގެ އާސަހަރާ މިސްކިތުގައެވެ.

Leave a Reply