ބަނގުރަލުގެ މައްސަލައެއްގައި ހުޅުމާލެ ފުރަތަމަ ފިޔަވަހިން ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދިން ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އެމްޑީ ބިލާލް މިއާ (34އ)އާއި، އެމްޑީ ޓެންވާ ރަޙްމާން އެންޓޯ (20)އެެވެ. އަދި މި ދެމީހުން ހައްޔަރުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައި ފެރީ ޓާމިނަލުން ކަމަށާއި އެ ދެމީހުން ގެންގުޅުނު ދަބަސްތަކުގެ ތެރެއިން 22 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހު އެ ދެމީހުން ވެސް ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

Leave a Reply