ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެއެވެ.

“ދެން”އަށް އެނގިފައިވާގޮތުން ޑރ. މުހައްމަދު އަލީ ނިޔާވީ މިރޭ އައިޖީއެމްއެޗުގައެވެ.

އޭނާ ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް މިރޭ ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.

އަދި ޑރ. މުހައްމަދު އަލީގެ އަގު ވަޒަން ކުރައްވައި ރައީސް ވިދާޅުވީ އޭނާއަކީ އިޖުތިމާއީ އެކި ކަންކަމުގައި ވަކިން ހާއްސަކޮށް އިސްލާމީ ހޭލުންތެރިކަމާއި ތިމާވެށީގެ އެކި ދާއިރާތަކުން މުޖްތަމަޢަށް ގިނަގުނަ މަޢުލޫމާތުތަކެއް ފޯރުކޮށްދެއްވައި، އިލްމީ ދިރާސާތައް ކުރެއްވި، ހުލްގު ހެޔޮ، ދީންވެރި ނަމޫނާ ޝަހުސިއްޔަތެއް ކަމަށާއި އަދި އެންމެންގެ ލޯތްބާއި އިހުތިރާމް ހޯއްދެވި ގަދަރުވެރި ބޭފުޅެއް ކަމަށެވެ.

ޑރ. މުހައްމަދު އަލީ ވަނީ އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގެ އިތުރުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވައި، 25އަހަރަށް ވުރެ ދިގު މުއްދަތަކު ދައުލަތަށް ބޮޑެތި ހިދުމަތްތަކެއް ކޮށްދެއްވައިފައެވެ.

Leave a Reply