ޕީއެންސީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލްގެ މަގާމަށް މުހައްމަދު ލަމްއާން އައްޔަނުކޮށްފިއެވެ.

ލަމްއާން އެ މަގާމަށް އައްޔަނުކުރިކަން ހާމަކޮށް ޕީއެންސީގެ ރަސްމީ އެކްސްގެ އެކައުންޓުން ވަނީ މިއަދު ހަވީރު ޕޯސްޓެއްވެސްކޮށްފައެވެ.

މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ލަމްއާން ހުންނެވީ އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. ނަމަވެސް އެ މަގާމުން އިސްތިއުފާ ދެއްވިތަނާ ލަމްއާން، ވަނީ އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް އައްޔަނުކޮށްފައެވެ.

ލަމްއާން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވައިފައެވެ.

ލޯކަލް ކައުންސިލްއިން އިންތިހާބުގެ ފަހުން ސަރުކާރުން ދަނީ ކެބިނެޓާއި ސަރުކާރުގެ ކުންފުނިތަކުގެ މަގާމުތަކަށް ބޮޑެތި ބަދަލު ގެންނަމުންނެވެ. އަދި އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ދަނީ އިސްތިއުފާ ވެސް ދެއްވަމުންނެވެ.

Leave a Reply