
އައްޑޫ ސިޓީގެ ރަށްތަކުގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން މިއަދު ނެގި ވޯޓާއެކު ރުޅިވެރިކަން އިތުރުވެނުދިނުމަށް ބާރު އަޅަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
މިއަދު ނެގި ވޯޓުގައި ހުޅުދޫ އާއީ މީދޫގެ ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ނިންމީ ވަކިވަކި ކައުންސިލްތައް ހެދުމަށެވެ. ނަމަވެސް ފޭދޫއިން ބޮޑު ޣަގުލިބިއްޔަތަކުން ނިންމީ ވަކި ނުވުމަށެވެ.
އެ ވޯޓާ ގުޅިގެން ރައީސް ނަޝީދު މިއަދު އެކްސްގައި ވިދާޅުވީ ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން 2176 މީހަކު ވަކި ކައުންސިލްތައް ހަދަން ވޯޓު ދިން ނަމަވެސް 2251 މީހަކު އެ ނިންމުމާ ދެކޮޅަށް ވެސް ވޯޓުލި ކަމަށެވެ.
އެ 2251 މީހުންގެ ތެރޭގައި ގިނައީ ފޭދޫއިން ދިން ވޯޓެވެ.
Miadhu ge vote gai vote dhin meehunge therein vaki council eh hadhaan dhinee 2176 vote. City eh ge gothugai baavvaan dhinee 2251 vote. Ehenas Meedhoo aai Hulhudhoo ge vote dhin meehunge bodu aghlabiyyath vote dhinee City in vakivaan. Mi vote ge sababun rulhi verikan ithuru viya… pic.twitter.com/Ujh0PVqTyc
— Mohamed Nasheed (@MohamedNasheed) October 25, 2025
“މި ވޯޓުގެ ސަބަބުން ރުޅިވެރިކަން އިތުރުވިޔަ ނުދިނުމަށް ހުރިހާ ބޭފުޅުންވެސް ބާރު އަޅުއްވާނެކަމަށް އަޅުގަނޑު އުއްމީދުކުރަން” ނަޝީދު ވިދާޅުވި އެވެ.
ހުޅުމީދޫ އައްޑޫ ސިޓީ ކައުންސިލްއިން ވަކިވި ނަމަވެސް އެ ދެ ރަށުގެ ރައްޔިތުންނާމެދު ތަފާތުކުރުން ނުގެންގުޅުއްވާނެ ކަަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވަނީ ވިދާޅުވެފަ އެވެ.
ހުޅުދޫ އާއި މީދޫއިން ވަކި ކައުންސިލްއެއް އުފައްދާނަމަ އެ ދެރަށަށްވެސް ބްލޮކް ގްރާންޓުގެ ގޮތުގައި އެތަކެއް މިލިއަން ރުފިޔާއެއް ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިމިގެން ދިޔަ ހަފްތާގައި އޮތީ ވިދާޅުވެފަ އެވެ.










































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































