ގައުމީ އެއާލައިން މޯލްޑިވިއަންއަށް ޖޫސް ޕެކެޓް ފޯރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް)އިން ކުރި އިއުލާނެއްގައި ބުނީ އެ އެއާލައިންއަށް ޖޫސް ޕެކެޓް ސަޕްލައިކޮށް ޑެލިވަރީކޮށްދޭނެ އެކަމަށް އެދި ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާ ކަމަށެވެ.

އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތާއެކު ދެ އަހަރުގެ ކޮންޓްރެކްޓެއްވެސް ގާއިމުކުރާނެ ކަމަށް އައިއޭއެސްއިން ބުންޏެވެ.

މޯލްޑިވިއަންއިން ބޭނުންވަނީ އެއް ލީޓަރު، 180އެމްއެލް އަދޮ 200އެމްއެލްގެ ޖޫސް ޕެކެޓްތަކެވެ.

އެކަމަށް އެދި ހުށަހަޅާ ފަރާތްތަކަށް މާކްސް ދޭއިރު 50ޕަސެންޓް މާކްސް ދޭނީ ޖޫސް ޕެކެޓްތަކުގެ ރަހައާއި ޕެކޭޖިން ހިމެނޭގޮތަށް ކޮލިޓީއަށް ކަމަށް އިއުލާންގައި ބުނެފައިވެއެވެ. އަދި ހުށަހަޅާ އަގަށް ވެސް 30ޕަސެންޓް މާކްސް ދޭނެ ކަމަށް ބުނެފައިވެެއެވެ.

Leave a Reply