ލ. ގަމުން ގެއްލިގެން ހޯދަމުން ދިޔަ 20 އަހަރުގެ ޒުވާނާ ފެނިއްޖެއެވެ.

ރޭ ދަންވަރު 12 އިން ފެށިގެން ހަބަރެއް ނުވެގެން ހޯދަމުން ދިޔައީ ގަމު ތުނޑީ އަވަށު، ކުރިބޯށިގެ، އަމްޖާޒު އަލީއެވެ. އޭނާ ހޯދަން ފުލުހުން މަސައްކަތް ފަށައި އަމްޖަދު ދުއްވި ސައިކަލު ގަމުގެ ރިވެރީޒް ބީޗް ސަރަހައްދުން ހޯދިއެވެ.

ގަމު ކައުންސިލްއިން މީގެ ކުޑަ އިރުކޮޅެއް ކުރިން ފޭސްބުކްގައި ބުނީ އަމްޖާޒު މިހާރު ފެނިފައިވާ ކަމަށާއި  އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ބުންޏެވެ. ނަމަވެސް އިތުރު ތަފްސީލެއް ކައުންސިލުން ނުދެއެވެ.

Leave a Reply