ގއ. ގެމަނަފުށީގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަޚަމްކޮށްލައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، ގއ.ގެމަނަފުށީގައި ދެ ބިދޭސީއެއްގެ މެދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީއެއް ހިންގިކަމަށް 2026 މެއި 30ވަނަ ދުވަހުގެ ރޭ 23:00 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

“ދެން”އަށް މައުލޫމަތު ލިބިފައިވާ ގޮތުގައި އެ ބިދޭސީމީހާގެ ހަށިގަނޑުގެ 5 ތަނަކަށް ހަމަލާދީފައިވެއެވެ. އަދި މި ހާދިސާ ހިނގައިފައި ވަނީ އެ ރަށު “މާމުގުރި ހޮޅުއަށި” ހުންނަ ސަރަހައްދުގައެވެ.

މި ހާދިސާގައި އަނިޔާވިފަރާތަށް ގއ. ގެމަނަފުށި ސިއްޚީ މަރުކަޒުން ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާ ދިނުމަށް ގއ. ވިލިިނގިލި ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށާއި މި ހާދިސާ ހިނގި ސަރަހައްދުން ބިދޭސީ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަހްގީގްކުރަމުންނެވެ.

Leave a Reply