
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދިއުމާ އެކު، އެސްޓީއޯ އިން ވިއްކާ ތެލުގެ އަގަށް ވެސް ބަދަލު ގެނެސްފިއެވެ.
ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)އިން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނީ، މިއަދުން ފެށިގެން އެ ކުންފުނިން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 16.01ރުފިޔާއަށެވެ. މީގެ ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން ދިޔައީ 13.50ރުފިޔާއަށެވެ. އެހެން ކަމުން މިއީ 2.51ރުފިޔާގެ އިތުރުވުމެކެވެ. ޑީސެލް ލީޓަރެއް މިއަދުން ފެށިގެން ވިއްކާނީ، 17.54ރުފިޔާއަށެވެ. މީގެ ކުރިން 13.92ރުފިޔާއަށް ޑީސެލް ލީޓަރެއް ވިއްކި ނަމަވެސް މި ގެނެވުނު ބަދަލާ އެކު މިއީ 3.62ރުފިޔާގެ އިތުރުވުމެއް ކަމަށް އެސްޓީއޯއިން ބުނެއެވެ.
Fuel prices at FSM fuel stations have been revised effective 05 March 2026. ⛽
New pump prices are as follows:
• Petrol: MVR 16.01 per litre (previously MVR 13.50 – increase of MVR 2.51)
• Diesel: MVR 17.54 per litre (previously MVR 13.92 – increase of MVR 3.62) pic.twitter.com/kJub1nqWZ7— STO (@stoplc) March 4, 2026
މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް މައްޗަށް އުފުލުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު %25އާއި %30އުފުލިފައިވާ ކަމަށާއި ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލާ އެކު ސަރުކާރުން އެކަމަށް އެއްވެސް ފިޔަވަޅެއް އަޅާނީ ބާޒާރަށް އަންނަ ބަދަލަށް ރިއާޔަތްކޮށްގެން ކަމަށެވެ.


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































