ސަރުކާރުން ޢާންމުންނަށް ދެމުންދާ ހިދުމަތްތައް ހަރުދަނާކޮށް ކަނޑައަޅާފައިވާ ވާ ސުންގަޑިތަކަށް މަޝްރޫއުތައް ނިންމުމަށްޓަކައި ކޮންމެ މިނިސްޓްރީއެއްގައި ހާއްސަ ޔުނިޓެއް ގާއިމުކުރަން ނިންމައިފިއެވެ.

އެފަދައިން ނިންމީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.

އެގޮތުން އެ ޖަލްސާގައި ވަނީ ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް އެކިއެކި މިނިސްޓްރީތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދުވަހުން ދުވަހަށް ދިމާވާ މައްސަލަތައް ދެނެގަނެ، އެ މައްސަލަތަކަށް ޙައްލު ހޯދުމުގެ ގޮތުން ފިނޭންސް މިނިސްޓްރީގައި އެކަމަށް ހާއްސަ ޓީމެއް ގާއިމުކޮށް މަޝްރޫއުތައް ދުވަހުން ދުވަހަށް ވިލަރެސްކުރަމުން ގެންދާނޭ ހާއްސަ ޔުނިޓެއް ކޮންމެ މިނިސްޓްރީއެއްގައި ވެސް ގާއިމުކުރަން ވެސް ނިންމައިފައެވެ.

އަދި ހައުސިންގެ މިނިސްޓްރީގެ ދަށުން ހިންގާ މަޝްރޫއުތައް ކަނޑައަޅާފައިވާ ތާރީހުތަކަށް ނިންމުަށް، އެ މަޝްރޫއުތައް ހަވާލުކޮށްފައިވާ ކުންފުނިތަކާއި، ފިނޭންސް މިނިސްޓްރީއާއެކު ހާއްސަ މަސައްކަތްތަކެއް ކުރަންވެސް ވަނީ ނިންމައިފައެވެ.

މި ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ އެކި މަޝްރޫއުތައް ހިންގަމުންނެވެ.

އޭގެ ތެރޭގައި ނަރުދަމާއާއި، ބޯހިޔާވަހިކަމާއި މަގު ހެދުން ފަށަ މުހިންމު އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިމެނެއެވެ.

Leave a Reply