މި އަހަރުގެ މާރިޗު މަހުގެ ނިޔަލަށް ދައުލަތަށް 205.18 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބި އާމްދަނީ 17 ޕަސެންޓް އިތުރުވެފައިވާ ކަމަށް ދައްކައިފިއެވެ.

މީރާއިން ބުނި ގޮތުގައި ޑޮލަރުން ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓީ.ޖީ.އެސް.ޓީ ކޯޕަރޭޓް އިންކަމް ޓެކްސް އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުމުންނެވެ. އަދި މި އަހަރު 2026 ފެބުރުވަރީ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 18.8 އިންސައްތަ އިތުރުވުމަކީ ޓީ.ޖީ.އެސް.ޓީ އާއި އެއާޕޯޓް ޓެކްސް ފަދަ އާމްދަނީތައް އިތުރުވާން މެދުވެރިވުމުންނެވެ.

މި މުއްދަތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ޖީ.އެސް.ޓީއެވެ. ޓީޖީއެސްޓީގެ ގޮތުގައި މިހާތަނަށް 114 މިލިއަން ޑޮލަރު ލިބިފައިވެއެވެ. މިއީ 55.7% ގެ އިތުރުވުމެކެވެ. އަދި ރިސޯޓް ކުލީގެ ގޮތުގައި 29 މިލިއަން ޑޮލަރު ލިބިފައިވެއެވެ. އަދި ގްރީން ޓެކްސްގެ ގޮތުގައި 20 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެއެވެ.

މާރިޗު މަހު މީރާއަށް ލިބުނު ޖުމްލަ އާމްދަނީއަކީ 4.03 ބިލިއަން ރުފިޔާ އެވެ. މީގެ ތެރެއިން ބޮޑު ބައެއް ހިއްސާކުރަނީ ޑޮލަރުން ލިބިފައިވާ އާމްދަނީއެވެ.

Leave a Reply