
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރަށްވުރެ 56,552މަދުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ފަތުރުވެރިންގެ އިތުރުން ވިޔަފާރި ބޭނުމަށާއި ކްރޫޒްލައިނާ ތަކުގައި އައި މީހުން ހިމަނައިގެން ބަލާނަމަ މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވަނީ ޖުމްލަ 1,331,148މިލިއަން މީހުންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 1,387,700މިލިއަން މީހުންނާ އަޅާބަލާއިރު 56,552މީހުންގެ ދަށްވުމެކެވެ.
ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ގައުމުތަކަށް ބަލާއިރު، މާކެޓްގެ އެއްވަނައިގައި އޮތީ ޗައިނާއެވެ. ޗައިނާއިން 237,271ފަތުރުވެރިން އައިސްފައިވާއިރު، މިއީ ރާއްޖެ އަށް އައި ޖުމްލަ ފަތުރުވެރިންގެ 18.2އިންސައްތައެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ. އެގައުމުން 191,530ފަތުރުވެރިން (14.7އިންސައްތަ)އައިސްފައިވެއެވެ. އަދި ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 102,596ފަތުރުވެރިން (7.9އިންސައްތަ)ވަނީ ޒިޔާރަތްކޮށްފައެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނާއި އެނދުގެ ކެޕޭސިޓީއަށް ބަލާއިރު، މިވަގުތު 68,406އެނދު އޮޕަރޭޝަންގައި އެބަހުއްޓެވެ. މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ރިޒޯޓުތަކުންނެވެ. އެއީ 66އިންސައްތައެވެ. އަދި ގެސްޓްހައުސްތަކުން 25އިންސައްތަ ހިއްސާކުރާއިރު، ސަފާރީ އުޅަނދުފަހަރުން 5އިންސައްތަ އަދި ހޮޓާތަކުން 4އިންސައްތަ ހިއްސާކުރެއެވެ. ޓޫރިސްޓުން ބައިތިއްބާ ފެސިލިޓީތަކަށް ބަލާއިރު 179ރިޒޯޓަކާއި 947ގެސްޓްހައުސްއެއް މިވަގުތު ދަނީ އޮޕަރޭޓްކުރަމުންނެވެ.









































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































