ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް އިން އައިނުގެ ހިދުމަތަށް ވަދެ،  މަހު އައިނު ފިހާރައެއް މިއަދު ހުޅުވައިފި އެވެ.

އެ އައިނު ފިހާރަ ރަސްމީކޮށް ހުޅުވީ މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗުގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގް ހަލީމް ވިދާޅުވީ އައިނު ފިހާރާގައި ގާއިމުކުރެވިފައިވާނީ އެޑްވާންސް މެޝިނަރީތަކެއް ކަމަށެވެ. އެ ފިހާރާއިން ނަންބަރު ނެގުމާއި އައިނުގެ ލެންސުގެ ހުރިހާ ހިދުމަތްތަކެއް ލިބިގެންދާނެ އެވެ.

އާސަންދައިން ހޭދަކުރާ 2000ރ ގެ އަދަދުގެ ތެރޭގައި ދިވެހި ކޮންމެ ރައްޔިތަކަށް އައިނު ހިލޭ ހެއްދުމުގެ ފުރުސަތު މިއަދުން ފެށިގެން ފަހިވެގެން މިދިޔައީ

ހަލީމް ވިދާޅުވީ އަންނަ އޮގަސްޓު މަހު ހުޅުމާލޭގެ ހޮސްޕިޓަލުގައިވެސް އައިނު ފިހާރައެއް ގާއިމްކޮށް ހިދުމަތް ދޭން ފަށާނެ ކަމަށެވެ. ސީދާ ވަކި ތާރިހެއް އޭނާ ވިދާޅެއް ނުވެ އެވެ.

އަންނަ މަހުން ފެށިގެން އައިނު ހައްދަން ދޭ އަދަދު 2000 އަށް ބޮޑުކުރަނީ

އަދި ކުރިއަށް އޮތް ތަނުގައި އަތޮޅު ތެރޭގެ 5 ރީޖަނަލް ހޮސްޕިޓަލުގައިވެސް އައިނުގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ.

Leave a Reply