ރާއްޖޭގައި އުފައްދާ ގިނަ ކަބޯތަކެތިން ލިބޭކަމަށް ބުނާ ސިއްހީ ފައިދާ ކަށަވަރު ނުވާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ(އެމްއެފްޑީއޭ)އިން މިއަދު ބުނެފިއެވެ.

އެމްއެފްޑީއޭއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ކާބޯތަކެތި އިސްތިހާރުކުރުމުގައި ކާބޯތަކެތި ތަހުލީލުކުރާ ލެބޯޓަރީއަކުން ދޫކުރާ ރިޕޯޓެއް، ނުވަތަ ރިފަރަލް ލެބޯޓަރީއަކުން ދޫކުރާ “ސެޓްފިކެޓް އޮފް އެނާލިސިސް”އެއް ނުވަތަ އެއިން ލިޔުމެއްގެ އެއްވެސް ބައެއް ބޭނުންކުރުމަކީ ވެސް މަނާ ކަމެއް ކަމަށެވެ.

ކާބޯތަކެތީގެ އެއްވެސް، ބާވަތަކުން ސިއްހަތަށް ހާއްސަ ފައިދާތަކެއް ކުރާނެ ކަމަށް ނުވަތަ އެކިއެކި، ބަލިބައްޔަށް ފަރުވާއެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ކަމަށް ދޭހަވާ ގޮތަށް އިޝްތިހާރުކުރުމަކީ ވެސް މަނާކަމެއް ކަމަށް އެ ބަޔާނުގައިވެއެވެ.

އެހެންނަމަވެސް ރާއްޖޭގެ ބާޒާރުގައި ވިއްކަން ހުންނަ މިފަދަ ގިނަ އުފެއްދުންތަކަކީ އޭގެ ސިއްހީ ފައިދާ ޢިލްމީ ގޮތުން ކަށަވަރުކުރެވިފައިވާ ތަކެތި ނޫންކަން ފާހަގަކުރެވޭ ކަމަށާއި މިފަދަ އުފެއްދުންތައް ބޭނުންކުރުމުގައި އިތުރަށް ސަމާލުވެ، ރައްކާތެރިވުމަށް އާންމު ރައްޔިތުންނަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.

Leave a Reply