ރާއްޖޭގެ ނުވަވަނަ ކޮމާޝަލް ބޭންކުގެ ގޮތުގައި އުފައްދަން ހުއްދަ ދީފައިވާ، މޯލްޑިވްސް ޕްރިމިއަ ބޭންކް (އެމްޕީބީ) އިން މިއަދު ހިދުމަތް ފަށައިިފިއެވެ.

އެމްއެމްއޭއިން އިއްޔެ ލައިންސަންސް ދީފައިވާ އެމްޕީބީ އިން މިއަދު ވަނީ ސޮފްޓް އޯޕެނިންގެ ގޮތުގައި ހިދުމަތް ފަށާފައެވެ.

އެޕްބީޕީއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ބޭންކުގެ މައިގަނޑު ތަސައްވުރަކީ ގުޅުން ބަދަހި ބޭންކިންގް ހިދުމަތްތަކާއި ވަރުގަދަ ގަވަނަންސް އަދި ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލުތައް އަދި ފަރުމާ ފުރިހަމަ ޓެކްނޮލޮޖީ އެއްކޮށްލައިގެން، ކަސްޓަމަރުންނަށް އިސްކަންދޭ، ޒަމާނީ ބޭންކިން ތަޖުރިބާއެއް ދިވެހި ފަސްގަނޑަކަށް ގެނެސް ދިނުމެވެ.

އެ ބޭންކް އިން ބުނީ ކަސްޓަމަރުންނާއި ދިވެހި އިގްތިސާދަށް ފެންވަރު ރަނގަޅު ބޭންކިންގ ޚިދުމަތްތަކާއި ދިގުމުއްދަތުގެ މަންފާ ފޯރުކޮށްދޭ، އިތުބާރު ހުރި މާލީ އިދާރާއަކަށް ވުމަށް ބޭންކުން މަސައްކަތް ކުރާނެ ކަމަށެވެ.

އެމްޕީބީގެ ޑިރެކްޓަރުންގެ ބޯޑް

އައިޝާ ނުރައިން ޖަނާހް – ނޮން-އެގްޒެކެޓިވް ޗެއާޕާސަން
ރަހީމާ ސަލީމް – ނޮން-އެގްޒެކެޓިވް ޑިރެކްޓަރު
މަރިޔަމް ޝާހިދާ މުހައްމަދު – ނޮން-އެގްޒެކެޓިވް ޑިރެކްޓަރު
އިސްމާއިލް އަލީ މަނިކު – ނޮން-އެގްޒެކެޓިވް ޑިރެކްޓަރު
މުހައްމަދު ހުސައިން މަނިކު – ނޮން-އެގްޒެކެޓިވް ޑިރެކްޓަރު
ސުޖާތާ ހަލީމް – ނޮން-އެގްޒެކެޓިވް ޑިރެކްޓަރު

އެމްޕީބީއިން ބުނީ ބޭންކުގެ މެނޭޖްމަންޓް ޓީމަކީ ބޭންކިންގް ޓެކްނޮލޮޖީ، އޮޕަރޭޝަންސް، ރިސްކް، އަދި ހިއުމަން ރިސޯސަސްގެ ދާއިރާތަކުން އޭޝިއާ އާއި އެފްރިކާ އަދި ޔޫރަޕުގެ އިތުރުން ޕެސިފިކް އަދި ރާއްޖެ ހިމެނޭހެން ދުނިޔޭގެ 14 ގައުމެއްގައި މަސައްކަތްކޮށް، ފުޅާ ދާއިރާއެއްގައި ތަޖުރިބާ ހޯދާފައިވާ ޓީމެކެވެ. އަދި ރެގިއުލޭޓްކުރެވޭ މާލީ އިދާރާތަކުގެ އިސް ލީޑަޝިޕް މަގާމުތައް ފުރާއްވަވާފައިވާ މި ޓީމަކީ ޑިޖިޓަލް ޓްރާންސްފޮމޭޝަން، ގަވަރނަންސް، އޮޕަރޭޝަނަލް އެކްސެލެންސް، އަދި ދެމެހެއްޓެނިވި ކުރިއެރުމުގެ ދާއިރާއިން ބައިނަލްއަގުވާމީ ފެންވަރުގެ ހަޔާތްތެރިކަން ލިބިފައިވާ ބޭފުޅުންނެވެ.

Leave a Reply