ނަމާދު ވަގުތަށް، ބަންގި ގޮވުމުން 20 މިނެޓަށް ކުޅިވަރު ހަރަކާތްތައް މެދުކަނޑާލަން ކުޅިވަރު އެސޯސިއޭޝަންތަކަށް ސްޕޯޓްސް މިނިސްޓްރީން އަންގައިފިއެވެ.

މި ގޮތަށް އުސޫލު ހަމަޖައްސަން ސްޕޯޓްސް މިނިސްޓްރީއަށް އަންގަވާނެ ކަން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޖޫން 1ގައި އިއުލާންކުރައްވައިފައެވެ.

މިދިޔަ އާދީއްތަ ދުވަހު ސްޕޯޓްސް މިނިސްޓްރީން ކުޅިވަރު އެސޯސިއޭޝަންތަކަށް ފޮނުވި ސާކިއުލާގައި ބުނެފައި ވަނީ ކްލަބްތަކާއި އެކަޑަމީތައް ހިމެނޭ ގޮތަށް އަމިއްލަ ފަރާތްތަކުން ހިންގާ އެފަދަ ހަރަކާތްތައް ވެސް މެދުކަނޑާލަން ޖެހޭނެ ކަމަށެވެ.

އެހެންވެ އެ އެސޯސިއޭޝަންގެ ދަށުގައި ކުޅިވަރު ހަރަކާތްތައް އެ އުސޫލާ އެއް ގޮތަށް ތަންފީޒުކުރުމަށް އަންގާ ކަމަށް އެ ސާކިއުލާގައިވެއެވެ.

Leave a Reply