
މަސްތުވާތަކެތީގެ މައްސަލައެއްގައި ގއ. ކަނޑުހުޅުދޫ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން މައުލޫމާތުދިން ގޮތުގައި ހައްޔަރުކޮށްފައިފައި ވަނީ ގއ. ކަނޑުހުޅުދޫ / ލިންކިން ޕާރކް، މުޙައްމަދު މަޤުޞަދު (45އ)އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި، މި މަހުގެ 22ވަނަ ދުވަހު ހިންގިި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަން ހިންގާފައި ވަނީ ކަނޑުހުޅުދޫ ޕޮލިސް ސްޓޭޝަނުންނެވެ.
ފުލުހުން ބުނިގޮތުގައި މި އޮޕަރޭޝަނުގައި އޭނާ ދިރިއުޅޭ ގެއިން، އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 6.5 ގުރާމު ހުންނާނެކަމަށެވެ.
މި މައްސަލައިގައި އޭނާގެ ބަންދަށް ކޯޓުން ވަނީ 12 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައި ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































