މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ގއ. މާމެންދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އަލްފާ / ގއ. މާމެންދޫ، އާސިފް އާދަމް (45އ)އެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ އިއްުޔެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި މާމެންދޫ ޕޮލިހާއި އަޕާ ސައުތު ޕޮލިސް ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަން ޓީމު ގުޅިގެން ހިންގި އޮޕަރޭޝަންއެއްގައެވެ.

އެގޮތުން އެ އޮޕަރޭޝަންގައި، އޭނާ ދިރިއުޅޭ ގެއިން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޕްލާސްޓިކް ކޮތަޅެއް ފެނުނު ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 37 ގުރާމް ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

Leave a Reply