މޯލްޑިވިއަންގެ ދަތުރުތަކާއެކު އޮސްޓްރޭލިއާ ޓޫރިސްޓުންގެ އަދަދު އިތުރުވާން ފަށައިިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަހަރު ޓޫރިޒަމްގެ ގަދަ 10ގައި އޮތް އޮސްޓޭލިއާއިން މިހާތަނަށް 18,800ޓޫރިޒަމް ވަނީ އައިސްފައެވެ. އަދި މިދިޔަ ރާއްޖެއަށް 11ވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އައި އޮސްޓްރޭލިއާ މިވަގުތު އޮތީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10ގައުމުގެ ތެރޭގައެވެ.

ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ގައުމީ އެއާލައިންގެ އިސްވެރިއަކު ވިދާޅުވެފައިވާ ގޮތުގައި މި އަހަރު އޮސްޓްރޭލިއާއިން 11،000ޓޫރިސްޓުން ގެނެވޭނެ ވަރަށް އުންދުކުރެވެއެވެ.

މިދިޔަ ދެ އަހަރު އޮސްޓްރޭލިއާ މާކެޓް ވަނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގަދަ 15ގައުމުގެ ތެރޭގައި ހަމަޖެހިލާފައެވެ. އާންމުކޮށް މި މާކެޓުގެ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު އެހެން ގައުމުތަކާ އަޅާބަލާއިރު ދިގުކަން ފާހަގަކުރެވެއެވެ.

މިދިޔަ 10އަހަރަށް ބަލާއިރު އޮސްޓްރޭލިއާ ވެފައިވަނީ ރާއްޖެއަށް އުންމީދީ މާކެޓަކަށެވެ. ނަމަވެސް ޓޫރިސްޓުން އިތުރު ކުރަން ގައުމީ އެއާލައިން އުދުހުން ފަށާފައެއް ނުވެއެވެ. ނަމަވެސް މިދިޔަ އަހަރުވެސް 44,000އަށްވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެއެވެ.

Leave a Reply