ހައްޖުވެރިންނަށް ހައްޖާއި ގުޅޭ މުހިންމު ފޮތްތަކެއް ހިލޭ އިސްލާމިކް މިނިސްޓްރީން މިއަދު ބަހަން ފަށައިފިއެވެ.

އެ ފޮތްތައް ބެހީ މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލާމުގައި ކުރިއަށްދިޔަ ހައްޖުވެރިންގެ ފުރަތަމަ ތަމްރީން ބައްދަލުވުމުގެ ތެރެއިން ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ހިލޭ ބެހި ފޮތްތަކުގެ ތެރޭގައި ތަރުޖަމާކޮށް ނިންމާފައިވާ ކީރިތި ގުރުއާނާއި ސުންނަތުގެ އަލީގައި ހައްޖާއި އުމްރާގެ އަޅުކަން އަދާކުރާނެ ގޮތާއި، އަލްމަސްޖިދުއްނަބަވީއަށް ޒިޔާރަތް ކުރުން ހިމެނެއެވެ.

އެ ފޮތް ތަރުޖަމާކޮށްދެއްވީ އައްޝައިހު އަބްދުލް ގާދިރު މުހައްމަދުއެވެ. އަދި މުރާޖާކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.

އެ ފޮތާއި ހައްޖާއި އުމްރާއާއި ގުޅޭ އެކި ފޮތްތައް، ރާއްޖެއިން ފުރާ އެންމެހާ ޙައްޖުވެރިންނަށް ފޯރުކޮށްދިނުމަށް މިހާރު ނިންމާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

Leave a Reply