ސިނަމާލެ ބުރިޖު ހައިވޭގެ ސޯލާ ޕެނަލްތަކެއްގައި ލަމްބަގިނީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓްއެއް ހިނގައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުން އެ ހާދިސާގައި ލަމްބަގިނީއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

އަދި ސޯލާ ޕެނަލްތައް ހަރުކޮށްފައިވާ ސްޓްރަކްޗާގެ ފައިތަކުގައި ލަމްބަގިނީ ޖެހުމުން އެ ސޯލާ ޕެނަލްތައް ވެސް ބަނޑިވެ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

“ދެން”އަށް އެނގިފައިވާ ގޮތުން އެ ހާދިސާ ހިނގީ އެ އުޅަނދު ކޮންޓްރޯލްއިން ނައްޓައިގެން ދިއުމުގެ ސަބަބުންނެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުންގެ ބަހެއް ނުލިބެއެވެ. އަދި މީހަކަށް އަނިޔާވިކަމުގެ މައުލޫމާތު ވެސް އަދި ނުލިބެއެވެ.

މީގެ ދެ ތިން ދުވަސްކުރިން ސިނަމާލެ ބުރިޖުގައި އޯވަޓޭކްކުރަން އުޅުނު ކާރެއް ބަހެއްގައިޖެހި ވެސް ނުރައްކާތެރި އެކްސިޑެންޓްއެއް ހިނގިއެވެ.

Leave a Reply