ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1 އެެރައިވަލް ހޯލުގައި ހުންނަ އިމްގޭރަޝަން ހޯލްޑިން ސެލްގެ ބިއްލޫރިގަނޑަކަށް ގެއްލުންދިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ޝޭހް އެމްޑީ މާސުމް ލަތީފް(21އ.)އެވެ. މި މައްސަލައިގައި އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިދީފައެވެ.

މި މައްސަލައިގައި އޭނާ ކުށްކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައިވެއެވެ. އެގޮތުން ސީންއަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓާއި އިމިގްރޭޝަންގެ އިންސިޑެންޓް ރިޕޯޓް ހުށަހަޅާފައިވެއެވެ.

ބިދޭސީ މީހާ ބިއްލޫރިގަނޑަށް ގެއްލުންދިން ސަބަބު ހާމައެއް ނުކުރެއެވެ.

Leave a Reply