މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ހަވާ އަރުވާނެ ކަމަށް ޤައުމީ ދިފާއީ ބާރުން ބުނެފިއެވެ.

ދިފާއީ ބާރުން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ މިރޭ 22:15 ހާއިރު، މާލެ އުތުރު ފަރާތު 1 ނަންބަރު ފާލަމާ ދިމާ ބޭރުން މޫދުގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ހަވާ އެރުވުން ކުރިއަށްދާނީ ގާތްގަނޑަކަށް 5 މިނެޓެއް ހާއިރު ކަމަށް ވެސް ދިފާއީ ބާރުން ބުނެއެވެ.

 

ދިވެހިރާއްޖޭގެ 61ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ މައިދާނީ ކުޅިވަރުތައް މިރޭ 20:30ގައި މާލޭގެ ޖުމުހޫރީ މައިދާނުން ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި އެމްއެންޑީއެފް ބޭންޑާ އެކު ޖުމްލަ ހަ ގެމަ ބައިވެރިވާނެ ކަމަށް ދިފާއީ ބާރުން ވަނީ ބުނެފައެވެ.

Leave a Reply