ހިއުމަން ޓްރެފިކިންގެ މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ބަނގުލަދޭޝްއަށް ނިސްބަތްވާ މުހައްމަދު މޮންސެރު އަލީ (38އ)އެވެ.

ބަންދު އަމުރުގައި ބުނެފައިވާ ގޮތުން މޮންސެރުވަނީ ގެސްޓްހައުސްއެއްގައި ވަޒީފާއެއް ދޭނެ ކަމަށް ބުނެ ތިން މަސްދުވަހު ބަޔަކު ގެންގުޅެފައެވެ. ނަމަވެސް އެއީ ކިތައް މީހުން ކަމެއް އަދި ކޮން ގައުމެއްގެ ބައެއް ކަމެއް ވެސް ބުނެފައެއް ނުވެއެވެ.

އަދި އޭނާއަކީ ވޯކްޕާމިޓްގައި ހުއްދަކުރެވިފައި އޮތް މަސައްކަތްނޫން އެހެން ކަމެއް ކުރަމުންދާ
ފަރާތެއް ކަމަށާއި އަދި އަނިޔާލިބުނު ފަރާތްތަކުގެ މައްޗަށް އޮތް އޭނާގެ ބާރު އޮތް މިންވަރަށް ބަލާއިރު ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށް ވެސް އަމުރުގައި ބުނެފައިވެއެވެ.

އެހެންވެ އޭނާ 15 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުވެސްކޮށްފައެވެ.

ހިއުމަން ޓްރެފިކިންގެ މައްސަލައެއް ފެންމަތިވި އިރު މިދިޔަ މާޗު މަހު ބިދޭސީންތަކެއް އެހެން ބިދޭސީއަކު ރަހީނުކުރުމުގެ މައްސަލައެއްވެސް ފެންމަތިވިއެވެ. އެ މައްސަލަ ތަހުގީގުކުރަމުންދާ އިރު ހަތަރު މީހަކު އިއްޔެ ވަނީ ޝަރީއަތް ނިމެންދެން ބަންދުވެސްކޮށްފައެވެ.

Leave a Reply