ސަރުކާރުގެ ކުންފުނިތަކުގެ ނަޒާހާތްތެރިކަން ހަރުދަނާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)އާއެކު މަޝްވަރާކޮށްފިއެވެ.

އޭސީސީއިން ބުނީ އެ މަޝްވަރާތައް ކުރިއަށް ދިޔައީ މިއަދު ފިނޭންސް މިނިސްޓްރީގައި ކަމަށެވެ.

އެގޮތުން ޕީސީބީން ކަނޑައަޅާފައިވާ ޕްރޮކިއުމަންޓް ގައިޑްލައިންތައް ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކާއި ޓްރެއިިނިން ޕްރޮގްރާމްތަކުގައި ހިމަނައި ޕްރޮކިއުމަންޓްއާއި ފައިނޭންސްއާ ގުޅޭ މުވައްޒަފުން އިންޑަކްޝަން ޕްރޮގްރާމްތަކުގައި ބައިވެރިވުމުން މަޖުބޫރުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރި ކަމަށް އޭސީސީން ބުންޏެވެ.

އޭސީސީން އެ މަޝްވަރާތައް ކުރިއަށް ދިޔައިރު ސަރުކާރުން މިހާރު ދަނީ ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރަން ވެސް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ކުންފުނިތަކުގައި މިހާރު ތިބި މުވައްޒަފުންގެ 33ޕަސެންޓް ވަކިކުރަން ވަނީ ނިންމައިފައެވެ. ނަމަވެސް ހުރިހާ ކުންފުނިތަކުން އެ އަދަދަށް މުވައްޒަފުން ނުކަނޑާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ބައެއް ކުންފުނިތައް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއްގެ ތެރޭގައި އޮންނަތާ އެތައް އަހަރެއް ވަނީ ވެފައެވެ.

Leave a Reply