
ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު 1.2މިލިއަން ފަހަނަ އަޅާ ގޮސްފައިވާ ކަމަށް ދައްކައިފިއެވެ.
ހަނގުރާމައިގެ ސަބަބުން ޓޫރިޒަމަށް ގޮންޖެހުން ބޮޑު މި އަހަރުގެ މިހާތަނަށް ޓޫރިޒަމް މިނިސްޓްރީން ނެރުނު ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ 7މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި މީހުންގެ ޖުމްލަ އަދަދު، މިދިޔަ އަހަރާ އަޅާބަލާއިރު 4.6އިންސައްތަ ދަށަށް ގޮސްފައެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް 1,256,306މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފައެވެ.
ނަމަވެސް މިދިޔަ އަހަރުގެ ޖަނަވަރީ އިން ޖުލައި މަހުގެ ނިޔަލަށް 1،256،306މީހުން ޒިޔާރަތްކޮށްފައިވާއިރު، މިއަހަރުގެ އެ މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ 1،198،343މީހުންނެވެ. މީގެ ސަބަބުން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ރާއްޖެއަށް މީހުން އައިސްފައިވާ ނިސްބަތްވެސް ވަނީ 6،189އިން 5،903އަށް ދަށަށް ގޮސްފައެވެ. ނަމަވެސް މިއަހަރުގެ ފުރަތަމަ ދެމަހު އެރައިވަލްސް ވަރަށް ބޮޑަށް އިތުރުވެގެން ދިޔަކަން ފާހަގަކުރެވެއެވެ. ޖަނަވަރީ މަހު 5.0އިންސައްތައިގެ ކުރިއެރުމެއް ލިބުނުއިރު، ފެބްރުއަރީ މަހު ވަނީ 254،556މީހުންނާއެކު 17.7އިންސައްތައިގެ ބޮޑު ކުރިއެރުމެއް ހޯދާފައެވެ.
ހިސާބުތަކުން އެނގޭ ގޮތުން މާރިޗު އަދި އޭޕްރީލް މަހު ފަތުރުވެރިން އައި އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން ފާހަގަކުރެވެއެވެ. މާރިޗު މަހު 19.8އިންސައްތަ ދަށަށް ދިޔައިރު، އޭޕްރީލް މަހު ވަނީ 24.4އިންސައްތައިގެ ބޮޑު ވެއްޓުމެއް އައިސްފައެވެ. އޭގެ ފަހުން މެއި މަހު 1.7އިންސައްތައިގެ ކުޑަ ކުރިއެރުމެއް ފެނުނު ނަމަވެސް، ޖޫން އަދި ޖުލައި މަހު އަނެއްކާވެސް އެރައިވަލްސް ވަނީ ދަށަށް ގޮސްފައެވެ.
މި މުއްދަތުގައި ފަތުރުވެރިންގެ ގޮތުގައި އައި މީހުންގެ އަދަދު 1،173،128އަށް ދަށްވި ނަމަވެސް، ކްރޫޒް ލައިނަރތަކުގައި ރާއްޖެއަށް އައިސްފައިވާ ފަސިންޖަރުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިދިޔަ އަހަރުގެ ޖުލައިގެ ނިޔަލަށް 8،263ކްރޫޒް ފަސިންޖަރުން އައިސްފައިވާއިރު، މިއަހަރު އެ އަދަދު ވަނީ 15،577އަށް އަރާފައެވެ. މިއީ ގާތްގަނޑަކަށް 88އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން ވިޔަފާރި ބޭނުމަށް އައި މީހުންގެ އަދަދު ހުރީ ދާދި އެއްވަރެއްގައި ހިފެހެއްޓިފައެވެ





































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































