އަންނަ ހަފްތާގައި ފާހަގަކުރާ ރާއްޖޭގެ 61ވަނަ މިނިވަން ދުވަހާ ގުޅިގެން އޮފިޝަން އިވެންޓްސް އަދި އެޗްޑީސީ ގުޅިގެން ހުޅުމާލޭގައި ކާނިވަލްއެއް ބާއްވަން ނިންމައިފިއެވެ.

“ސައްބީސް ކާނިވަލް”ގެ ނަމުގައި ބާއްވާ އެ ކާނިވަލް އޮންނާނީ އަންނަ ހުކުުރު ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހަވީރު 04:00އިން ރޭގަނޑު 11:00އަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައިކަމަށް އެޗްޑީސީއިން ބުންޏެވެ.

އަށް ދުވަހަށް ކުރިއަށްގެންދާ އެ ކާނިވަލްގައި ކާނިވަލް ގޭމްސް، ހޮރޯ ހައުސް، ޑިޖިޓަލް ގޭމިން އެރީނާ، ފުޑް ކިއޮސްކުތައް، ޗިލްޑްރެންސް އޭރިއާ، އިންފްލޭޓަބަލްސް، ލައިވް މިއުޒިކA އެކު ބޮޑުބެރު ހުށަހެޅުންތައް ކާނިވަލްގެ އެކި ދުވަސްތަކުގައި އޮންނާނެކަމަށް އެޗްޑީސީއިން ބުންޏެވެ.

މިއީ މިނިވަން ދުވަހުގެ އުފާ ފާޅުކުރުމާ އެކު ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އެއްބައިވަންތަކަށް އިތުރުކޮށް ކުދިބޮޑު އެންމެން އެއްތަނަކަށް އެއްވެ، މަޖާ އެކި ހަރަކާތްތަކާ އެކު ހިތްހަމަޖެހޭ ވަގުތުކޮޅެއް ހޭދަކުރުމަށް މަގުފަހިކުރުމުގެ ގޮތުން ކުރިއަށްގެންދާ ކާނިވަލެއްކަމަށް އެޗްޑީސީއިން ބުންޏެވެ.

އެޗްޑީސީއިން ބުނީ އެ ކުންފުނީގެ އަމާޒަކީ ކުރިއަށްއޮތްތަނުގައި ވެސް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބައިވެރިވުމާ އެކު މިފަދަ ދުވަސްތައް ކުލަގަދަކޮށް ފާހަގަކުރުން ކަމަށެވެ.

Leave a Reply