13 ރަށަކުން އެސްޓީއޯ ޝެޑް ރޭޓްގައި މަސްވެރި އުޅަނދުތަކަށް ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިފި އެވެ.

އިސްރާއިލާއި އެމެރިކާ އިސްވެ އޮވެ އިރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން ބައިނަލްއަގުވާމީ ބާޒާރުގައ ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް މައްޗަށް ޖެހިފައެވެ. އަދި އޭގެ އަސަރު ރާއްޖެއަށް ވެސް ކުރުމުން ތެޔޮ ވަނީ އަގުބޮޑުކޮށްފައެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ މާދަމާ އިން ފެށިގެން މަސްވެރިކަން ކުރާ ހުރިހާ ދޯނިފަހަރަށް  އެސްޓީއޯ ޝެޑް ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ސަރުކާރުން މިހާރު ހަމަޖައްސައިފައިވާ ކަމަށެވެ.

އެގޮތުން ފަހި ހަކަތައިގައި ރަޖިސްޓްރީ ވެފައިވާ ދޯނިތަކަށް ސަބްސިޑައިޒް އަގުގައި 13 ރަށަކުން ރަށްރަށުން ތެޔޮ ލިބޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެ ރަށްތަކުގެ ތެރޭގައި ހިމެނެނީ ހއ. އިހަވަންދޫ، ހއ. ހަނިމާދޫ، ށ. މިލަންދޫ، ބ. އޭދަފުށި، ފ. ނިލަންދޫ، ކ. ހިންމަފުށި، ރ. ދުވާފަރު، ދ. ކުޑަހުވަދޫ، ޅ. ފެލިވަރު، ގއ. ކޫއްޑޫ، ފުވައްމުލަކު ސިޓީ، ސި. ހުޅުމީދޫ އަދި ހުޅުމާލެ(ޖެޓީ) ހިމެނެ އެވެ.

މިދިޔަ އާދިއްތަ ދުވަހު ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މެދު އިރުމަތީގެ ހަނގުރާމައިގެ ހާލަތުގައި ވެސް މަސްވެރިންނަށް ހާއްސަ އަގެއްގައި 1.1 މިލިއަން ލީޓަރުގެ ތެޔޮ އެހާތަނަށް ދޫކޮށްފައިވާ ކަމަށެވެ.

Leave a Reply