
ހުޅުމާލޭގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ކަންނެލި ފެކްޓްރީގެ މަސައްކަތް ދޮޅު އަހަރުތެރޭ ނިމޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިފަދައިން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ ހުޅުމާލޭގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ މަސްފެކްޓްރީގެ މަސައްކަތް ބަަޔަކާ ހަވާލުކޮށްފައިވާ ކަމަށާއި 18 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.
” ހުޅުމާލޭގައި ކަންނެލި ފެކްޓްރީ ގާއިމް ކުރުމަށް މިދިޔަ ހަފްތާގައި ބަޔަކާ ވަނީ ހަވާލުކޮށްފައި. އިރާދަކުރެއްވިއްޔާ ފެކްޓްރީއިން ކަންނެލި މަސްވެރިންނަށް ހައްލު ހޯދައިދިނުމަށްޓަކައި ގާއިމް ކުރެވޭ ފެކްޓްރީއެއް. ކުރިއަށް އޮތް 18 މަސްދުވަސް ތެރޭ މުޅި މަޝްރޫޢު އެއްކޮށް ނިންމާލެވޭނެ،” ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މި ފެކްޓްރީ ގާއިމް ކުރުމަކީ ކަންނެލި މަސްވެރިން އެންމެ ބޮޑަށް ސަރުކާރުގައި އެދޭ ކަންތައްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ކަންތައް ކަމަށާއި އަދި މިއީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެއްކަމަށެވެ.
ހުޅުމާލޭގައި މި ގާއިމްކުރާ ފަސްފެކްޓްރީ އަކީ 100 މެޓްރިކް ޓަނުގެ ކަންނެލި ބަންދު ކުރެވޭ ފެންވަރުގެ ފެކްޓްރީއެކެވެ. މިއީ މަސް ޕްރޮސެސް ކޮށް ބަންދުކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ މަސައްކަތެކެވެ.





































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































