
ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
ތިނަދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ހުސްވީ ޑިމޮކްރެޓްސް ޕާޓީގެ ޓިކެޓްގައި އިންތިހާބުވަޑަިގަތުމަށް ފަހު އެމްޑީޕީއަށް ބަދަލުވުމުން އޭނާގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައެޅުމުންނެވެ.
އިލެކްޝަންސް ކޮމިޝަންއިން މިއަދު ބުނީ ހުސްވެފައިވާ ތިނަދޫ ކައުންސިލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 26އާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.
އެ މަގާމަށް ޕާޓީތަކުން ވެސް ވަދަކުރެވޭއިރު އެމީހަކު ތަމްސީލު ކުރާ ސިޔާސީ ޕާޓީން އެކަން ކަށަވަރު ކޮށްދޭ ގަރާރު ހުށަހަޅަން ޖެހޭއިރު ސިޔާސީ ޕާޓީއެއްގެ ޓިކެޓަކާނުލާ އަމިއްލަ ގޮތުން ވާދަކުރާ މީހަކުނަމަ، ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން، އެ މީހަކު ކުރިމަތިލާ އިންތިޚާބީ ދާއިރާގެ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 50 މީހުންގެ ސޮއި ހަމަކުރަން ޖެހޭނެއެވެ.












































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































