
ތޭރަ އަަހަރަށް ފަހު އަލީ ރަމީޒުގެ އީދު މަދަހައެއް ރެކޯޑް ކުރައްވައި ސޯޝަލް މީޑިއާއަށް މިއަދު ދޫކޮށްލައްވައިފިއެވެ.
އަލީ ރަމީޒް “ދެން”އަށް މިއަދު ވިދާޅުވީ މިހާ ގިނަ ދުވަސްތަކަކަށް ފަހު އީދު މަދަހައެއް ރެކޯޑްކުރެއްވީ އެފަދަ މަދަހައެއް ރެކޯޑް ނުކުރެވި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވުމާއެކު މިހާރު އިވެމުންދަނީ ބޮޑަށް ކުރިން ކިޔާފައިވާ އީދު މަދަހަތައް ކަމަށްވާތީ ކަމަށެވެ.
“އީދު މުބާރިކް”ގެ ނަމުގައި އަލީ ރަމީޒް ކިޔުއްވި މަދަހައިގެ ޅެން ހެއްދެވީ އާދަމް ހަލީމް އަދުނާންއެވެ.
އަލީ ރަމީޒް އީދަށް މި ފަހަރު ވަޑައިގެން މިހާރު ހުންނެވީ އއ. ފެރިދޫގައެވެ. އަދި އެނާ ހިންގަވަމުންދާ “މަންފާ”ޖަމިއްޔާއިން އިންތިޒާމްކޮށްގެން އެ ރަށުގައި މަދަހަ ކިއުމުގެ މުބާރާތެއް ވެސް މި އީދުގައި ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.
އަލީ ރަމީޒް އެންމެ ފަހުން އީދު މަދަހައެއް ނެރުއްވީ އޭނާ މީގެ 13އަހަރު ކުރިން ނެރުއްވި “ތަހާނީ” އަލްބަމް”ގައި ހިމެނި އީދު މަަދަހަތަކުގައެވެ.
ކުރިން ލަވަ ކިއުމުގައި އުޅުއްވި އަލީ ރަމީޒް އެ ދާއިރާ ދޫކޮށްލައްވައި ދީނީ ކަންކަމުގައި އުޅުއްވާތާ މިހާރު އެތަކެއް އަހަރު ވަނީ ވެފައެވެ.



































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































