
އަމިއްލަ ފަރާތްތަކަން ރިޓަޔަމަންޓް ޕެންޝަނަށް ސްކީމަށް ޖަމާކުރާ ފައިސާގެ މިންވަރު އިތުރުވެފައިވާ ކަމަށް ދައްކައިފިއެވެ.
ޕެންޝަން އޮފީހުގެ ހިސާބުތައް ދައްކާ ގޮތުން މިހާ ޕެންޝަން ފަންޑުގައި ޖުމްލަ 131 ބިލިއަން ރުފިޔާ ހުރި ކަމަށް ދައްކައެވެ. އަދި މީގެ ތެރޭން މާރިޗު މަހުގެ ނިޔަލަށް ޕްރައިވެޓް ސެކްޓަރުގެ ކޮންޓްރިބިއުޝަން އުޅެނީ 61 ބިލިއަން ރުފިޔާގައެވެ. އަދި ސަރުކާރުގެ ކުންފުނިތަކާއި ވުޒާރާތަކުގައި ހަރަކާތްތެރިވާ މުވައްޒަފުން ޕެންޝަން ސްކީމަށް ޖަމާކުރި އަދަދު ހުރީ 69 ބިލިއަން ރުފިޔާއެވެ.
މި އަހަރަށް ބަލާއިރު ޕެންޝަނަށް އެންމެ ގިނައިން ފައިސާ ޖަމާވެފައިވަނީ ފެބްރުއަރީ މަހުއެވެ. އެ މަހު 137 ބިލިއަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ. އަދި ސަރުކާރު މުވައްޒަފުންގެ ފަރާތުން ޕެންޝަނަށް އެންމެ ބޮޑު އަދަދެއް ޖަމާވެފައިވަނީ ވެސް މިދިޔަ ޖެނުއަރީ މަހުއެވެ. އެމަަހު 79 ބިލިއަން ރުފިޔާ ވަނީ ޖަމާވެފައެވެ.
ރިޓަޔަމަންޓް ޕެންޝަނ ފަންޑުގައި ބައިވެރިވުންއުމުރުން 16 އަހަރާއި 65 އަހަރާ ދެމެދުގެ ކޮންމެ ދިވެހި މުވައްޒަފަކު މި ފަންޑުގައި ބައިވެރިވުމަކީ ގާނޫނުން މަޖުބޫރުކަމެކެވެ. އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އަމިއްލައަށް އިސްނަގައިގެން ބައިވެރިވުމުގެ ފުރުސަތު އޮވެއެވެ. އެގޮތުން މުވައްޒަފުގެ އަސާސީ މުސާރައިގެ މަދުވެގެން 14% ޕެންޝަން ފަންޑަށް ޖަމާކުރަންޖެހެއެވެ. މި ބެހިފައި ވަނީ 7% ކަނޑަނީ މުވައްޒަފުގެ މުސާރައިންނެވެ. އަދި ބާކީ 7% ދެނީ ވަޒީފާދޭ ފަރާތުންނެވެ. އަދި އުމުރުން 65 އަހަރު ފުރުމުން، ފަންޑުގައި ހުރި ފައިސާގެ މިންވަރަށް ބަލައި ކޮންމެ މަހަކު ދެވޭ އެލަވަންސެއްގެ ގޮތުގައި ފައިސާ ލިބެން ފަށާނެއެވެ. އަދި އުމުރުން 55 އަހަރުވުމުން އުމުރުން 55 އަހަރު ފުރުމުން، ފަންޑުގައި ހުރި ފައިސާގެ ސަބަބުން ކަނޑައެޅިފައިވާ ވަކި މިންވަރަކަށްވުރެ އިތުރަށް މަހުން މަހަށް ފައިސާ ލިބޭނެކަން ކަށަވަރުވާނަމަ، ވަޒީފާއިން ވަކިވެ ޕެންޝަން ފައިސާ ހޯދުމަށް ހުށަހެޅިދާނެއެވެ.
މީގެ އިތުރުން މަސައްކަތް ނުކުރެވޭ ފަދަ ދާއިމީ ސިއްހީ މައްސަލައެއް ދިމާވެއްޖެނަމަ ފައިސާ ދޫކުރެވެއެވެ. އަދި ޕެންޝަން ބައިވެރިޔާ މަރުވެއްޖެނަމަ، ފަންޑުގައި ހުރި ފައިސާ ގާނޫނީ ވާރިސުންނަށް ލިބޭނެއެވެ.
މި ފަންޑުގެ ދަށުން ލިބޭ އެންމެ ބޮޑު އެއް ލުޔަކީ، ފުރަތަމަ ފަހަރަށް ގެއެއް ނުވަތަ ފްލެޓެއް ބައްލަވައިގަތުމަށްޓަކައި، ބޭންކްތައް މެދުވެރިކޮށް ނަގާ ހައުސިންގް ލޯނުގެ ޑައުންޕޭމަންޓް ދެއްކުމަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ ރަހުނ ކުރެވޭ ގޮތަށް ހަމަޖެހިފައިވުމެވެ.

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































