
ދިވެހި ވަތަނީ ހިދުމަތުގެ ދެވަނަ ބެޗް ފުރިހަމަ ކުރި ބައިވެރިންގެ ތެރެއިން ފަންނީ ތަމްރީނުގައި ބައިވެރިވުމަށް ކުރިމަތިލި ބައިވެރިން މިއަދު ބ. ކިހާދޫ އަށް ފުރައިފި އެވެ.
މިކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގައި ބައިވެރިވުމަށް ކުރިމަތިލި ބައިވެރިން ބ. ކިހާދޫގައި ޤާއިމު ކޮށްފައިވާ އެމް.އެން.ޑީ.އެފްގެ ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސް އަށް މިއަދު ފުރާފައިވާ ކަމަށެވެ. މި ތަމްރީނުގައި ރާއްޖޭގެ 17 އަތޮޅެއްގެ 50 ރަށަކަށް ނިސްބަތްވާ 77 ޒުވާނުން ހިމެނޭ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެ ބައިވެރިންނަށް ތަފާތު 6 ފަންނީ ދާއިރާތަކުން ތަމްރީނު ފުރިހަމަކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ދިވެހި ވަތަނީ ހިދުމަތަކީ އަމިއްލަ ނަފުސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ރައްޔިތެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ ތަމްރީނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ގެ ފުރަތަމަ ބެޗުގައި ރާއްޖޭގެ 108 ރަށަކަށް ނިސްބަތްވާ 350 ދަރިވަރުން ބައިވެރިވިއެވެ. އެއީ 64 އަންހެން ދަރިވަރުންނާއި 286 ފިރިހެން ދަރިވަރުންނެވެ. ދެވަނަ ބެޗުގައި 112 ރަށަކަށް ނިސްބަތްވާ 343 ބައިވެރީން ވަނީ ދަސްވެނިވެފައެވެ. އެއީ 63 އަންހެން ބައިވެރީން ހިމެނެއެވެ. 280 ފިރިހެން ބައިވެރީންނެވެ.
ވަތަނީ ހިދުމަތުގެ ފުރަތަމަ ބެޗުން ދަސްވެނިވި 63 ބައިވެރިއަކު ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމްނިންމިއެވެ.




























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































