ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދައިރާގެ މެމްބަރުކަމަށް އިންތިހާބުވެވަޑައިގެންނެވި އަބްދުﷲ ސޯދިގު (ސޯބެ)މަޖިލީހުގެ މެމްބަރުކަމުގެ ހުވާކުރުން އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފިއެވެ.

ސޯބެ ހިތަދޫ ދާއިރާގެ މެމްބަރުކަމަށް އިންތިހާބުވެވަޑައިގެންނެވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެ ދާއިރާގެ ބައި އިލެކްޝަންސް ކާމިޔާބު ކުރައްވައިގެންނެވެ.

އަދި އަންނަ ހޯމަ ދުވަހު ސޯބެ މަޖިލީހުގެ މެމްބަރުކަމުގެ ހުވާކުރަން ތާވަލުކޮށްފައިވާކަމަށް މަޖިލީހުން މިހާރު އަންގާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ސޯބެ ވަނީ ކުރިން އެމްޑީޕީގެ ޓިކެޓްގައި އައްޑޫގެ މޭޔަރުކަން ތިން ދައުރު އަދާކުރައްވައިފައެވެ. އަދި 2021ވަނަ އަހަރު އެމްޑީޕީގެ ޓިކެޓްގައި އައްޑޫގެ މޭޔަރުކަމަށް ކުރިމަތިލައްވަން މަސައްކަތް ކުރެއްވި ނަމަވެސް ޕްރައިމަރީން ކުރިމަތިވީ ނާކާމިޔާބީއާއެވެ.

އަދި އޭގެ ފަހުން ނިމިގެން ދިޔަ ވެރިކަމުގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުވެސް ސޯބެ ފުރުއްވިއެވެ.

Leave a Reply