އެމްބިއުލެންސަށް މަގު ނުދެއްކި ޕިކަޕު ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފިއެވެ.

އެމްބިއުލެންސްއެއް ސައިރަން އަޅަމުން ދިޔައިރު ވެސް ޕިކަޕެއް މަގު ނުދައްކާ އޮންނަ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ވައިރަލްވެފައެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުން ސައިރަން އަޅަމުން ދިޔައިރު ވެސް އެކަމަށް ސަމާލުކަމެއް ނުދީ ޕިކަޕުން ދިޔައީ މުދާ ބާލަމުންނެވެ.

އެހެންވެ އެމްބިއުލެންސްއަށް ކުރިއަށް ދެވޭ ގޮތް ނުވެ މަގުގައި ތާށިވެފަައި އޮތް އިރު ޕިކަޕުގެ ފަހަތުގައި އޮތް އެހެން ވެހިކަލްތަކަށް ވެސް ނުދެވިގެން ބަރުގޮނު އަޅާ އަޑުއިވެއެވެ.

އެމްބިއުލެންސްއަށް ދިއުމުގެ ފުރުސަތު އެންމެ ފަހުން ލިބުނީ ޕިކަޕުން މުދާ ބާލައި ހުސްކުރި ފަހުންނެވެ.

އެ މައްސަލައާ ގުޅިގެން “ދެން”އިން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ޑްރައިވަރު 750 ރުފިޔާއިން ޖޫރިމަނާކޮށް ލައިސަންސް ހިފަހައްޓާފައިވާ ކަމަށެވެ.

Leave a Reply