މާލެއާއި ވިލިމާލޭގެ މަގުތައް ހެދުމުގެ ކުރިން ދިރާސާތައް ކުރާއިރު ހަމައެކަނި ފެންބޮޑުވުމުގެ މައްސަލައަށް ރިއާޔަތްކުރުމުގެ އިތުރުން އެހެން މައްސަލަތަކަށް ހައްލުހޯދަން ދިރާސާކުރާނެކަމަށް ހައުސިން މިނިސްޓްރީޏް ބުނެފިއެވެ.

މާލެ އާއި ވިލިމާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއު އަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށްގެންދާ މަޝްރޫއުއެކެވެ. އަދި އެ މަޝްރޫއު ފަށަން ޗައިނާގެ ޓީމެއް މިހާރު މާލެއައިސް ދަނީ ސާވޭ ކުރަމުންނެވެ.

އެ ސާވޭގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އާޓފިޝަލް ބީޗަށް ކުރެއްވި ޒިޔުާރަތަށް ފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަގުތަކުގެ ޑީޓެއިލް ޑިޒައިން މަސައްކަތުގެ ތެރޭގައި ފެންބޮޑުވުމުގެ މައްސަލައަށް ޙައްލު ހޯދުމުގެ އިތުރުން ދެން ހުރި މައްސަލަތަކަށް ގެނެވޭނެ ހައްލުތައްވެސް ބަލައި ދިރާސާ ކުރާނެ ކަމަށެވެ.

ސާވޭގެ ޓީމުގެ ބޭފުޅުން ވަނީ މަސައްކަތްތަކުގެ އިތުރުން މަގު ޑިޒައިން ކުރުމާ ގުޅޭ ގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ މައުލޫމާތު، މިނިސްޓަރު އަދި ސަފީރާ ހިއްސާކުރައްވާފައެވެ.

މިނިސްޓަރ، އާޓިފިޝަލް ބީޗު ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި، މިނިސްޓަރގެ އަރިހުގައި ޗައިނާ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހިޒް އެކްސެލެންސީ ކޮންގް ޝިއަންހުއާ ބައިވެރިވެވަޑައިގެންނެވިއެވެ.

Leave a Reply