އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން އދ. މާމިގިލީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި އެވެ.

އެގޮތުން 1049 ފުޅި ބަނގުރަލާއި، 437 ދަޅު ބަނގުރަލުގެ އިތުރުން ބަނގުރާ އަޅާފައިހުރި ހަމެއް އިއްޔެ ނައްތާލައިފައިވާ ކަމަށް ފުލުހުން މިއަދު ބުންޏެވެ.

އެ ތަކެއްޗަކީ 2025 އެޕްރީލް 14 އިން ފެށިގެން 2026 އެޕްރީލް 19 ގެ ނިޔަލަށް މާމިގިލީ، ވިލާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަންދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި، އެހެނިހެން މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެއްޗެވެ.

ބަނގުރާ ނައްތާލުމުގެ މަސައްކަތް މާމިގިލީ ޕޮލިސް ސްޓޭޝަނުގައި ކުރިއަށް ގެންދިޔައީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ހާއްސަ ކޮމިޓީގެ ބެލުމުގެދަށުންނެވެ.

Leave a Reply