ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

މި ފުރުސަތު ހުޅުވާލާފައިވަނީ އެ އޮތޯރިޓީގެ ބޯޑުގެ މަދަނީ ޖަމިއްޔާއެއްގެ މެންބަރުގެ މަގާމު ހުސްވެފައިވާތީއެވެ.

މި މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.

އެ ފޯމު މިއަދުން ފެށިގެން އަންނަ މަހުގެ އެކެއްގެ ނިޔަލަށް ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30އިން 12:00އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބަލައިގަންނާނެއެވެ.

ްއެލްޖީއޭގެ ބޯޑުގައި މި ވަގުތު ފަސް މެމްބަރުން ތިއްބެވިއިރު އެ ބޯޑުގެ ރައީސްއަކީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރުއެވެ. ދެން އެ ބޯޑުގައި ތިއްބަވާ މެމްބަރުންގެ ތެރޭގައި އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލު ހިމެނިވަޑައިގަންނަވައެވެ.

Leave a Reply