ކްރިމިނަލް ކޯޓަށް ތިން ފަނޑިޔާރުން ހޯދަން އިއުލާންކޮށްފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 16ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ގޮތުން އެޕްލިކޭޝަން ފޯމު ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭއިރު ހާޑް ކޮޕީ ވެސް ޖޭއެސްސީގެ ކައުންޓަރަށް ހުށަހެޅޭނެކަމަަށް ބުންޏެވެ.

އެ މަގާމަށް ކުރިމަތިލިުމުގެ ޝަރުތުތަކުގެ ތެރޭގައިި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށް އަދި ފަނޑިޔާރު ނުވަތަ ގާނޫނީ ވަކީލެއްގެ ގޮތުގައި ތިން އަހަރުގެ ތަޖުރިބާ ހުރުން ހިމެނެއެވެ.

އަދި އުމުރުން 25އަހަރު ފުރިފައިވާ މީހެއް ކަމުގައިވެސް ވާން ޖެހޭނެއެވެ.

އިތުރު ޝަރުތުތައް

  • ބުއްދި ސަލާމަތުން ހުރި ސުންނީ މުސްލިމަކު ކަމުގައިވުން.
  • އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއ،ް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

އެ މަަގާމުގެ ދަށުން މުސާރަ އަދި އިނާޔަތުގެ ގޮތުގައި 60،000ރުފިޔާ ލިބޭނެއެވެ.

Leave a Reply