ށ. އަތޮޅު މިލަންދޫގައި ފައިބަރުގެ މަސައްކަތްކުރާ ސަރަހައްދެއްގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

“ދެން”އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ސަރަހައްދުގައި ވަރަށް ބޮޑަށް ވަނީ އަލިފާން ރޯވެފައެވެ. އަދި އަލިފާނުގެ އަސަރު ވަނީ ވަރަށް ބޮޑު ސަރަހައްދަކަށް ފެތުރިފައެވެ. އެ ސަރަހައްދުގައި ވަރަށް ގިނަ ކެމިކަލްގެ ބާވަތްތަކާއި އަލިފާންހިފާ ޒާތުގެ ތަކެތި ހުންނާނެ ކަމަށް ވެސް މައުލޫމާތު ލިބެއެވެ. ނަމަވެސް، މިހާތަނަށް ކަމާބެހޭ އިދާރާތަކުން މި ހާދިސާއާ ގުޅިގެން އެއްވެސް މައުލޫމާތެއް އަދި މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބު އަދި ކަށަވަރުކުރެވިފައި ނުވާއިރު، އެކަން ހިނގި ސަރަހައްދަކީ އެ ރަށުގައި ތަރައްޤީކުރަމުން އަންނަ އެއަރޕޯޓު ކައިރީގައި، ރަށުގެ ގިނަ ބަޔަކު އޮޑިދޯނިފަހަރުގެ މަސައްކަތްތަކަށް އާންމުކޮށް ބޭނުންކުރަމުންދާ ތަނެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ.

Leave a Reply