އައްޑޫއަށް ވައިގެ މަގުން އެތެރެކުރަން އުޅުނު ފަސް ކިލޯއަށް ވުރެ ގިނަ ޑުރަގު އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން މިއަދު ބުނީ އެ ތަކެތި އަތުލައިގަތީ މި މަހުގެ 18ވަނަ ދުވަހު އައްޑޫ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން، ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނިކޮށް ކަމަށެވެ.

އެގޮތުން ރާއްޖެ އައި އިންޑިއާ ދެ ފަސެންޖަރެއްގެ ލަގެޖުން 5.5ކިލޯގެ ކެނެބިސް ފެނުނުކަމަށް ވެސް ބުންޏެވެ.

އެ ތަކެތީގެ މަގުމަތީގެ އަގު 4.4މިލިއަން ރުފިޔާއަށް އަރާނެކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.

ރާއްޖެ އެެތެރެކުރަން އުޅެނިކޮސް އަތުލައިގަންނަ މަސްތުވާތަކެތި މި ފަހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

Leave a Reply